ޚަބަރު

ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅުނު 92 މީހަކު ހައްޔަރުކޮށްފި


ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި މަގުތަކަށް ނިކުންނަ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަން ފުލުހުން ހާމަކުރައްވާފައިވާކަމަށެވެ. އަދި މިދެންނެވުމާއި ޙިލާފަށް އަމަލުކުރި މީހުންގެ ތެރެއިން 92 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަކު ޖޫރުމަނާ ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅުއަޅަމުންދާނީ ފުތަރަމަ ފަހަރަށް ޖޫރިމަނާކޮށް ދެވަނަ ފަހަރަށް މަގުމަތީގައި އުޅެއްޖެނަމަ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން މީހުން ހައްޔަރު ކުރާގޮތަށްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މަގުމަތީގައި ހުއްދަނެތި އުޅޭމީހުންނާމެދު ފިޔަވަޅުއެޅިނަމަވެސް ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް:
- ސިފައިންނާއި ފުލުހުން
- ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
- އެމްބިއުލަންސް
- ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތައް
- ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ)ގެ ފާސް ލިބިފައިވާ މީޑިއާތައް
- ފުލުހުން ހުއްދަދޭ ފަރާތްތައް

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަންވަނީ ޢިއުލާންކުރައްވާފައެވެ. ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.