މާލެއިން 15 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ބައްޔަށް މިފަހަރު ޕޮޒިޓިވް ވެފައިވަނީ ދިވެއްސެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ދިމާވެފައިވާ މީހެއްކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިބައްޔަށް ޕޮޒިޓިވްވި 7 ވަނަ މީހާއެވެ. މިއަދު މާލެއިން ބިދޭސީއަކުވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. ބަނގްލަދޭޝްގެ މި މީހާއަކީި މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކާއި ކޮންޓެކްޓުވި މީހެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެެއެވެ.
ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 35 މީހެކެވެ. މީގެ ތެރެއިން 15 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.