ވިޔަފާރި

އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބޭސް ޑެލިވަރ ކޮށްދޭން ފަށައިފި


އޭޑީކޭ ފާމަސޫޓިކަލް ކުންފުނިންވެސް އާންމުންނަށް ބޭސް ޑެލިވަރކޮށްދޭން ފަށައިފިއެވެ. އޭޑީކޭ ކުންފުނިން ބުނީ ޑޮކްޓަރުގެ ލިއުމަށާއި ކުޑަކުދިންނަށް ބޭނުންވާ ތަކެތި އެ ކުންފުނިން ޑެލިވަރ ކޮށްދޭނެކަމަށެވެ.

ޑޮކްޓަރުގެ ލިއުމަށް ބޭސްނަގާ ފަރާތްތަކުން ބޭސް ސިޓީގެ ފޮޓޯއެއް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް 7258555 ނަންބަރަށް ފޮނުވުމުން ބޭސް ޑެލިވަރ ކޮށްދޭނެ ކަމަށާއި އެ ކުންފުނިން ބޭސް ޑެލިވަރކޮށްދެނީ ހަމައެކަނި މާލެއަށް ކަމަށް އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބުނެއެވެ.

ޑޮކްޓަރުގެ ލިއުން ނެތްނަމަވެސް 100 ރުފިޔާއިން މަތީގެ އަދަދަކުންނަމަ ކަސްޓަމަރުން ބޭނުންވާ ބޭހާ ބޭހުގެ ބާވަތްތައް އޭޑީކޭއިން ޑެލިވަރ ކޮށްދޭނެއެވެ. އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ޑެލިވަރ ކޮށްދޭ ގަޑިތަކަކީ ހެނދުނު 09:00 އިން މެންދުރު 14:00 ކަށް، މެންދުރުފަހު 15:00 އިން އިރުއޮއްސި 18:00 އަށް މީގެއިތުރުން ރޭގަނޑު 20:00 އިން 23:00 އެވެ.

އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބުނީ ބޭސް ޑެލިވަރ ކޮށްދޭންފެށީ ލޮކްޑައުންގެ ވަގުތުގައި އާންމުން ގޭގައި ތިބޭއިރު ފަސޭހަކޮށްދިނުމަށްކަމަށެވެ.