ޚަބަރު

ކޯވިޑް-19 : މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް މާދަމާ ހެނދުނު ފަށާނެ - އެމްޕީއެލް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ދެމުންގެންދާ މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް މާދަމާ ހެނދުނު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މާދަމާ ހެނދުނު 8:30 އިން 16:30ހަށް އެ ޚިދުމަތް ދޭނެކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހެނދުނު 8:30 އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ވިޔަފާރިތަކަށް ދަތި ނުވާނެހެން، އަދި މުދާ އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ. އެގޮތުން އެންމެ ޙާލަތު ގޯސްވާއިރުވެސް ޚާއްސަ ވޯކް ފޯސްއެއް ނެރެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތަކަށްވަނީ ތައްޔާރުވެފައެވެ.

އެމްޕީއެލްއިން ދަނީ ކޯވިޑް-19 އާއި ގުޅިގެން ބަނދަރުތަކުގައި ޚާއްސަ އުސޫލެއްގެ ދަށުން ކަންކަން އިންތިޒާމް ކުރަމުންނެވެ.