ވިޔަފާރި

ކޯވިޑް-19: މިފްކޯއިން ގޭގެއަށް މަސްދަޅު ޑެލިވަރީ ކޮށްދެނީ


މިފްކޯއިން އެކުންފުނީގެ އުފެއްދުންތައް ގޭގެއަށް ޑެލިވަރީކޮށްދިނުމުގެ ޙިދުމަތް ފަށައިފިއެވެ.

މިފްކޯއިން ބުނީ ބުދަ ދުވަހު މި ފެށި ޙިދުމަތް ރާއްޖެ އާއްމު ހާލަތަކަށް ދިޔުމާއި ހަމައަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެ އަދި ހުޅުމާލެއަށް ގޭގެއަށް މަހުގެ އުފެއްދުންތައް ޑެލިވަރީކޮށްދިނުމުގެ ޙިދުމަތް ފަށާފައިވާއިރު ވިލިގިލީގައިވެސް މި ޙިދުމަތް ދޭން ފެށޭނެ ގޮތެއް ރާވަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ ހެނދުނު 9 ހަވީރު 6 އޯޑަރ ނަގާނެކަމަށެވެ.

މިފްކޯއިން ކޮށްފައިވާ ޓުވީޓު --

މިއަދު މެންދުރު ފަހު 2:30 ހާއިރު މި ޚިދުމަތްދޭން ފަށާފައި ވާއިރު، މިހާތަނަށް 100 އަށްވުރެ ގިނަ ފަރާތަކުން އޯޑަރ ދީފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ މަސްދަޅުގެ ރަގަޅު ސްޓޮކެއް އެބަހުރި ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ފެލިވަރު މަސްކާރުޚާނާއިން 4000 ކޭސް އުފައްދަމުންދާ ކަމަށެވެ. މާލެސިޓީގައި ދުވާލެއްގެ މައްޗަށް އާއްމުކޮށް ޑިމާންޑު އުޅެނީ 400-600 ކޭސް ކަމަށް މިފްކޯއިން ބުނެއެވެ.