އައިއޯއައިޖީ

އައިއޯއައިޖީގެ ކުރިން އޮލިމްޕިކް ކޮމެޓީގެ ފަހުބަސް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިވެހި ކޮންޓިންޖެންޓް ފުރީ ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެންމެ ފުރިހަމަޔަށް ވެގެންކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް ވިދާޅުވެއްޖެއެވެ.އައިއޯއައިޖީއަށް ފުރުމުގެ ކުރިން ޓީވީއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން މަރުޒޫޤް ވިދާޅުވީ 4 އަހަރު ދުވަސްވަންދެން މިގޭމްސްއަށް ޢަމާޒުކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް މެޑަލްގެ ވާހަ ދެއްކުމުން ތަފާތު ފާޑުކިޔުންތައް އޭރު އަމާޒުވިކަމަށެވެ." އާދެ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ދެންނެވިހެން މީގެ ފަސްއަހަރުކުރިން އަޅުގަނޑު މަސައްކަތް ފެށިއިރު އެންމެ އުނދަގޫ ކަމަކަށްވީ ކުޅިވަރުގެ އެންމެ އިސްވެރިންނަށާއި، ކުޅިވަރުގައި މިއުޅޭ އެންމެނަށް. އަޅުގަނޑުމެންނަކީ މެޑަލް ލިބިދާނެ ބައެއްކަން ކޮންވިންސް ކޮށްދިނުން. އެކަން ފުރަތަމަ އަޅުގަނޑުމެންނަށް ޙާސިލް ކުރެވުނީ. އޭގެފަހުން އަޅުގަނޑުމެންގެ އެތްލީޓުންނަށް އެކަން ޤަބޫލުކުރެވިއްޖެ. " ޓީވީއެމް ސޕޯޓްސްއާ ވާހަކަ ދައްކަވަމުން މަރުޒޫޤު ވިދާޅުވިއެވެ.މަރުޒޫޤު ވިދާޅުވީ އެހުރިހާ ގޮންޖެހުންތަކެއް ހަނދާން ނައްތާލުމަށްފަހު މިއަދު މިފުރަނީ އެސޯސިއޭޝަންތަކުން އެދުނު ހުރިހާ ކަމެއް ފުރިހަމަކޮށް ވެވޭނެ އެންމެ ފުރިހަމަޔަކަށް ތައްޔާރުވެގެން ކަމަށެވެ. ހަމަ އެހެންމެ މި ކޮންޓިންޖެންޓްގައި ބޭރުގެ ޤައުމަކުން ތަމްރީނުހޯދާ އެންމެ އެތްލިޓެއްވެސް ނުހިމެނޭނެނކަމަށް މަރުޒޫޤްވިދާޅުވިއެވެ.