ޚަބަރު

ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަ ނައްތަލާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމަޔަަށް ހުށައަޅާފައިވާ 493 މައްސަލައަކާ ގުޅުންހުރި ބަނގުރާކަމަށެވެ.

އެގޮތުން ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި 769 ބަނގުރާ ފުޅިއާއި 694 ދަނޅުގައި ހުރި ބަނގުރާ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެއެވެ.