ޓުއަރިޒަމް

ސިކްސް ސެންސަސްއިން އޮންލައިން މެރިން ބަޔޮލޮޖީ ކްލާސްތަކެއް ނަގައިދެނީ


ސިކްސް ސެންސަސް ލާމު ރިޒޯޓުން އޮންލައިންކޮށް ކުޑަކުދިންނަށް މެރިން ބަޔޮލޮޖީ ކިޔަވައިދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މިގޮތުން އެޓް ހޯމް ވިތް ސިކްސް ސެންސަސް ޖޫނިއަރ މެރިން ބަޔޮލޮޖީ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރޭވިފައިވަނީ މިމަހުގެ 13 ގަ އެވެ. ހަތަރު ހަފްތާގެ މިޕްރޮގްރާމަކީ ކަނޑުފަޅުގެ ދިރުން ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް 10 ހަފްތާއަށް ކުރިޔަށް ގެންދާނެއެވެ. އަދި ކޮންމެ ހަފްތާއަކު ސިކްސް ސެންސަސްގެ މެރިން ބަޔޮލޮޖިސްޓް ދަރިވަރުންނަށް އޮންލައިންކޮށް ކްލާސް ނަގާދޭނެއެވެ. މިކްލާސްތަކުގެ ޒަރިއްޔާއިން މަޑި، ވެލާ، ފަރުމަހުގެ ބާވަތްތަކާއި މުރަކަތަކުގެ މައުލޫމާތު ކުދިންނަށް ދޭނެއެވެ.

މިއީ ހުރިހާ އުމުރެއްގެ ކުދިންނަށްވެސް އެކަށީގެންވާ ގޮތަށް ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެހެން ކުރިޔަށް ގެންދާ ކްލާސްތަކެކެވެ. މިކްލާސްތަކުގައި ނަގާދޭ ފިލާވަޅުތައް އަމިއްލަ ގޭގައި ހުންނަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ފުރިހަމަ ކުރެވޭނެ ކަމަށް ސިކްސް ސެންސަސްއިން މައުލޫމާތުދެއެވެ.

މިކްލާސްތަކުގައި ދޭ ފިލާވަޅުތައް [email protected] އަށް ފޮނުވޭނެ ކަމަށާއި، މިޕްރޮގްރާމް މެދުވެރިކޮށް ނަގާ ކްލާސްތަކުގައި ކުދިން ތައްޔާރުކުރާ ތަކެތި އެ ރިޒޯޓުގެ އެކި މީސް މިޑީއާ ޗެނަލްތަކުގައި ދައުރުކުރާނެކަމަށް ސިކްސް ސެންސަސްއިން މަޢުލޫމާތުދެއެވެ.