އައިއޯއައިޖީ

ރީޔޫނިއަންގެ ތައްޔާރުވުންތަކާ މެދު ހިތްހަމަ ޖެހޭ - ޗެފްޑިމިޝަން


  ރީޔޫނިއަންގެ ތައްޔާރުވުންތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް ރާއްޖޭގެ ޗެފްޑިމިޝަން
އިހުސާން އަބްދުލް ޢަނީ ވިދާޅުވެއްޖެއެވެ. 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްދާ
ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަން ރީޔޫނިއަންގައި ހުރެ ޕީއެސްއެމްއަށް ދިން
އިންޓަރވިއުއެއްގައި ވިދާޅުވީ އެންމެ ފަހުން ޝީޝެލްގައި ބޭއްވި ގޭމްސްއާ
އަޅާކިޔާއިރު، ރީޔޫނިއަންގެ ތައްޔާރުވުން ރަނގަޅުކަމަށެވެ.



    "
ގޭމްސްގައި ރާއްޖެ ވާދަކުރާ ކުޅިވަރު ކުޅޭ ބައެއް ވޭނޫތައް ބަލައިފިން. ޖުމްލަ
ގޮތެއްގައި ވަރަށް ރަނގަޅު. އާންމުކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ
ޤައުމުތަކާ އަޅާބަލާއިރު ރީޔޫނިއަން ރަނގަޅޭ ބުނެވޭނީ" އިހުސާން އަބްދުލް
ޢަނީ ވިދާޅުވި.    މިފަހަރުގެ ގޭމްސްއަށް ރާއްޖޭގެ ދުއިސައްތައަށްވުރެ ގިނަ އެތްލީޓުންނާ
އޮފިޝަލުން ރީޔޫނިއަންއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް
ގޭމްސްއަކަށް ރާއްޖޭގެ މިހާބޮޑު ކޮންޓިންޖެންޓެއްދާ ފުރަތަމަ ފަހަރެވެ. ރާއްޖެއިން
ފުރަތަމަ ފަހަރަށް ކުޅިވަރުން މެޑެލްއެއް ލިބުނު ރީޔޫނިއަންގައި މިފަހަރު ގޭމްސް
ބާއްވައިރު މިއީ އަލުން އެނަތީޖާ ތަކުރާރު ކުރަން ދިވެހި އެތްލީޓުންނަށް
ލިބިގެންދާނެ ފުރުސަތެއް ކަމަށްވެސް ޗެފް ޑިމިޝަން އިހުސާން ވިދާޅުވިއެވެ.