އައިއޯއައިޖީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ 4 ރެފްރީން


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ 4 ރެފްރީން ރީޔޫނިއަން
އަށް ގޮސްފިއެވެ. މިވަގުތު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ރީޔޫނިއަންގައި
ތިބި 4 ރެފްރީންނަކީ ޒަޢީމް އަލީ، ޖައުފަރު ރަޝީދު، އަހުމަދު އަފްޝަހު އަދި
އަހުމަދު އަބްދުﷲ އެވެ. އެންމެ ފަހުން 2011ވަނަ އަހަރު ޝީޝެލްސްގައި ބޭއްވި
ގޭމްސްގައިވެސް ވަނީ ދިވެހި ރެފްރީ އަކު ރެފްރީކަންކޮށްފައެވެ. ތަޖުރިބާކާރު ރެފްރީ
އަލީ ސަލީމް ވަނީ އެއަހަރުގެ ގޭމްސްގެ ސެމީފައިނަލް މެޗްގެ ރެފްރީކަންވެސްކޮށްފައެވެ.    މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ
ކޮންޓިންޖެންޓް ރީޔޫނިއަންއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިރީސްވަނަ
ދުވަހުއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރަސްމީކޮށް ފެށުމަށް
ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް މިމަހުގެ އެއްތިރީސް
ވަނަ ދުވަހު ފުޓްބޯޅަައިގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ފަށާނެއެވެ.