ޚަބަރު

ކޯވިޑް-19 : މަރުވިމީހުންގެ އަދަދު 66،000 އަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 66،000 އަށްވުރެއް މައްޗަށް އަރައިފިއެވެ.

ހަލުވިކަމާއިއެކު ދުނިޔޭގައި ފެތެރެމުންދާ ކޯވިޑް-19 އާއި ދެކޮޅަށް މުޅިދުނިޔެ ހަގުރާމަކުރަމުންދާއިރު ބަލީގައި މަރުވަ މީހުންނާއި، ބަލިޖެހޭ މީހުންގެ ނިސްބަތް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިންތިހާއަށް މައްޗަށް އަރަމުންނެވެ. މިއަދުގެ ނިޔަލަށް ބަލީގައި މަރުވި މީހުންގެ އަދަދު 66،000 އަށްވުރެ މަތީގައި އުޅޭއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ އެއްލިޔަން ދެލައްކަޔަށްވުރެ އިތުރުވެފައެވެ.

މިބަލި ޖެހެމުންދާ މީހުންނާއި، ބަލީގައި މަރުވަމުންދާ މީހުންނަށް ބަލާއިރު މިއީ ވަކި އުމުރަކަށް ވަކި ނަސްލަކަށް އޮތްކަމެއް ނޫންކަން ހާމަވޭ. ޒުވާނުންނާއި، މެދު އުމުރުގެ މީހުންނާއި، މުސްކުޅިންނަށްވެސް މިބަލީގައި ދަނީ މަރުވަމުންނެވެ. މުޅި ދުނިޔެއަށް މިކަމުގެ ބިރު އިންތިހާއަށް އޮތްއިރު ބަލިން ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުންނާއި، އެންމެ ވަސީލަތްތައް ގިނަ ޤައުމުތަކަށްވެސް މިވަނީ ނުކުޅެދިފައެވެ.

ބައްޔާއި ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތައް ގޮތް ހުސްވެފައިވާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލީގެ ޝިކާރައަކަށް ވެފައިވަނީވެސް ދުނިޔޭގެ އެންމެބޮޑު ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާގައެވެ. އެމެރެރިކާގައި އިއްޔެ އެކަނިވެސް ބަލީގައި މަރުވި މީހުންގެ އަދަދު 1300 އަށްވުރެ ގިނައެވެ. އެމެރިކާގައި މިހާތަނަށް 8400 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެމެރިކާގައި މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 311،000 އަށްވުރެ މައަށްޗަށް އަރާފައެވެ.

ޔޫރަޕުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީއާއި، ސްޕެއިންއާއި، ޖަރުމަނާއި، ފްރާސްގައި ބަލި ކޮންޓްރޯލްވުމެއްނެތި ފެތުރެމުންދާއިރު، ބަލީގައި މިޤައުމުތަކުން އެތައްހާސްބަޔަކު ދަނީ މަރުވަމުންނެވެ. ދުނިޔޭގެ 207 ޤައުމަކަށް މިހާތަނަށް ބަލި ފެތުރިފައިވާއިރު، ގިނަ ޤައުމުތަކުންދަނީ ދަތުރުފަތުރު ހުއްޓާލައި، މުޅި ޤައުމު ލޮކްޑައުންކޮށްފައެވެ.

ބައްޔާއިދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ޤައުމުތަކަކުންވެސް އަމަލުކުރަމުންދަނީ ދާދި އެއްގޮތަކަށެވެ. މިހާތަނަށް ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 800،000 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.