ޚަބަރު

ކޯވިޑް-19 : މާލެ ޕްޓްރޯކުރުމަށް ސީޕީ ޙަމީދާއި ފުލުހުންގެ އިސްވެރިން މަގުމައްޗަށް


މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް ވަގުތު މާލެ ޕްޓްރޯލްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން ހަރަކާތްތެރިވެވަޑައިގެންފިއެވެ.

މިއަދު ހަވީރު މާލެތެރެ ޕެޓްރޯލްކުރުމަށް ފުލުހުން ކުރި މަސައްކަތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފާއި ފުލުހުންގެ އިސްމަޤާމު ތަކުގައިތިއްބެވި ގިނަ ބޭފުޅުން ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅުއްވާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ހަވީރު 17:00އިން ރޭގަނޑު 20:00އަށް މީހުން ގެއިން ނުކުތުންވަނީ މަނާކޮށްފައެވެ. މިއެންގުމާއި ޚިލާފްވާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރުވެސް ފުލުހުންނަށްވަނީ ދެއްވާފައެވެ.

މިއެންގުމާއި ޚިލާފަށް މިއަދު މަގުމަތީގައި އުޅުނު 95 މީހަކަށް ފުލުހުންވަނީ ނަސޭހަތްތެރިވެފައެވެ. އޭގެތެރޭގައި ހިމެނެނީ 82 ދިވެހިންނާއި، 13 ބިދޭސީއެކެވެ.