ޚަބަރު

ކޯވިޑް-19 : ރާއްޖެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ


އިގިރޭސިވިލާތުން ރާއްޖެއަށް އައި އިތުރު ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 4އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް-19ގެ ޢަލާމާތްތައްފެނި، އޭނާގެ ސާމްޕަލް ނަގައި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށެވެ. އިނގިރޭސި ވިލާތުން އެނބުރިއައި މިމީހަކީ، މި ބައްޔަށް ޕޮޒިޓިވްވި 4 ވަނަ ދިވެހި މީހާއެވެ.

މިމީހާޔާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 19އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު 13 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، ބައްޔަށް ފަރުވާދެމުންދަނީ ދިވެހި 4 މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން މިހާތަނަށް ވަނީ 1137 ސާމްޕަލް ނަގާފައެވެ. މީގެ ތެރެއިން 1114 ސާމްޕަލްގެ ނަތީޖާ ކޯވިޑަށް ނެގެޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. މިހާތަނަށް ނަތީޖާ ނުލިބި 5 ސާމްޕަލެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބު

  • 7 މާރޗް 2020ގައި ކުރެއްދޫ އިން 2 މީހުން
  • 9 މާރޗް 2020ގައި ބަތަލާ ރިސޯޓުން 2 މީހަކު
  • 9 މާރޗް 2020ގައި ކުރެއްދޫއިން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ
  • 11 މާރޗް 2020ގައި ކުރަމަތި ރިސޯޓުން 2 ބިދޭސީއަކު
  • 13 މާރޗް 2020ގައި އަނަންތަރަ ދިގު ރިސޯޓުން 1 ބިދޭސީއެއް
  • 14 މާރޗް 2020ގައި ކުރެއްދޫއިން 1 މީހެއް
  • 15 މާރޗް 2020ގައި އަންނަތާރާ ދިގު ރިސޯޓުން 1 މީހަކު
  • 15 މާރޗް 2020ގައި އައިލެންޑް ސަފާރީން 2 މީހެއް
  • 27 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 27 މާރޗް 2020ގައި ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 މީހެއް
  • 29 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 31 މާރޗް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
  • 01 އޭޕްރީލް 2020ގައި އިގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް

ބަލިޖެހިގެން ރަނގަޅުވި މީހުން

  • 20 މާރޗް 2020ގައި 2 މީހެއް
  • 21 މާރޗް 2020ގައި 1 މީހެއް
  • 23 މާރޗް 2020ގައި 2 މީހެއް
  • 25 މާރޗް 2020ގައި 3 މީހެއް
  • 26 މާރޗް 2020ގައި 1 މީހެއް
  • 28 މާރޗް 2020ގައި 2 މީހެއް
  • 29 މާރޗް 2020ގައި 2 މީހެއް

ބަލިޖެހިގެން ފަރުވާ ދެމުންދަނީ ދިވެހި 4 މީހަކަށެވެ. ކޯވިޑް-19 އިތުރަށް ރާއްޖޭގައި ފެތުރުނަނުދީ ކޮންޓްރޯކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެެއް އަޅުއްވަމުންނެވެ. އެގޮތުން މާދަމައިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5އިން 8އާދެމެދު ބޭރަށް ނިކުމެ ނޫޅެވޭގޮތަށް މާލެ ސަރަހައްދަށް ވަނީ އަމުރެއް ނެރެފައެވެ.