ޚަބަރު

ކޯވިޑް-19 : 5 ރިސޯޓަކުން ނެގި ސާމްޕަލްތައް ނެގެޓިވް


ކޯވިޑް-19 އަށް ޝައްކުރެެވޭ ޢަލާމާތްތަކެއް ހުރެގެން ރާއްޖޭގެ 5 ރިސޯޓަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން 5 ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށެވެ. މި ރިސޯޓްތަކަކީ ދި ސްޓޭންޑަރޑް ހުރުވަޅި މޯލްޑިވްސް ރިސޯޓު، ދި ރެޒިޑެންސް މޯލްޑިވްސް އެޓް ދިގުރަށް، ތާޖް އެގްޒޯޓިކާ ރިސޯޓު، ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު އަދި ފިލިތެޔޮ އައިލެންޑް ރިސޯޓެވެ.

މި ރަށްތަކުން ނެގުނު ސާމްޕަލްތައް ނެގެޓިވްވުމުން މިރަށްތައް ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

އެޗްޕީއޭއިންދަނީ ކޯވިޑަށް ޝައްކުކުރެވޭ އަލާމާތެއް ހުރި މީހެއް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފިނަމަ، ނުވަތަ ލިބޭ ރިޕޯޓެއްގެ މައްޗަށް ޝައްކުކުރެވޭ މީހުންވެސް ޓެސްޓު ކުރުމަށް ނިންމާފައެވެ. ރާއްޖޭގައިމިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވި ގިނަ މީހުން ފެނިފައިވަނީ ރިސޯޓްތަކުންނެވެ.