ވިޔަފާރި

އައްޑޫ ސިޓީން ދަނޑުވެރިކަމަށް އިތުރު ބިން ދޫކުރަނީ


ދަނޑުވެރިކަން ކުރުމަށް އިތުރަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ކައުންސިލުން ވިދާޅުވީ، ދަނޑުވެރިކަމަށް އިތުރަށް ބިން ދޫކުރަނީ ކޯވިޑް 19 އާއި ގުޅިގެން އައްޑޫ ސިޓީގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް އިތުރުކުރުމުގެ ގޮތުންކަމަށެވެ.

މިގޮތުން މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިން ދޫކޮށްފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު ބިން ބޭނުންވާ ފަރާތްތަކުން މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރައްވަމުން ގެންދެވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި ހަމައެހެންމެ ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.