ވިޔަފާރި

ކޯވިޑް-19 : ވިލާ އެއަރގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަނީ


ވިލާ އެއަރގެ، ފުލައިމީގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިއެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޙިދުމަތްދެމުން އަންނަ އަމިއްލަ ކުންފުންޏެއްކަމަށްވާ ވިލާ އެއަރއިން ބުނީ، އެ ކުންފުނީގެ ޙިދުމަތްތައް ކޯވިޑް-19 ގެ ސަބަބުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އެ ކުންފުނިން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ފުލައިމީގެ ޙިދުމަތް މެދުކެނޑޭނެކަމަށެވެ. އެހެންނަމަވެސް އެއަރކްރާފްޓްތަކާއި ކުރޫ މެންބަރުން އަބަދުވެސް ތިބޭނީ ކުއްލި ހާލަތަކަށް ތައްޔާރުވެގެންކަމަށެވެ. ޗާޓަރ އަދި އެމަޖެންސީ ފްލައިޓެއް އޮޕަރޭޓްކުރަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށްވެސް ވިލާ އެއަރއިން ބުނެއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ގިނަ އެއަރލައިންތަކަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން ބައެއް ބޮޑެތި އެއަރލައިންތަކުން ވަނީ ވަގުތީގޮތުން ދަތުރުކުރުންވެސް މެދުކަނޑާލާފައެވެ.