ޚަބަރު

ކޯވިޑް-19: ފިލިޕީންސްގައި ތިބި 47 ދަރިވަރަކު މާދަމާރޭ މާލެ ގެންނާނެ


ފިލިޕީންސްގައި ޞިއްޙީ ދާއިރާއިން ތައުލީމް ހާސިލް ކުރަމުންދާ 47 ދިވެހި ދަރުވަރަކު މާދަމާރޭ މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މުޅި ދުނިޔެއަށް ދިމާވެފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރާއްޖެއިން ބޭރުގެ އެކިޤައުމުތަކުގައި ޞިއްޙީ ދާއިރާއިން ތައުލީމް ހާސިލް ކުރަމުންދާ ދިވެހި ދަރުވަރުންގެ އެހީތެރިކަމަށް ހެލްތް މިނިސްޓްރީން އެދިވަޑައިގެންފައި ވާކަމަށެވެ.

ހެލްތު މިނިސްޓްރީގެ މި އެދިވަޑައިގަތުމާ އެއްގޮތަށް ރައްޖެއިން ބޭރުގައިތިބި ގިނަ ދަރިވަރުން ރާއްޖެއަށް އައިސް ޙިދުމަތް ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކުދިން ރާއްޖެ ގެނައުމަށް އެންމެބޮޑު މަސައްކަތެއް ކުރަމުންދަނީ ފޮރިން މިނިސްރީންކަމަށާ، އެގޮތުން ފިލިޕީންސްގައި ޞިއްޚީ ދާއިރާއިން ތައުލީމް ހާޞިލް ކުރަމުންދާ 47 ދިވެހި ދަރިވަރަކު މާދަމާރޭ ރާއްޖެ އަންނަނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.