ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވެގެން ފަރުވަދެމުން ދިޔަ އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.
ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ.މުހައްމަދު ޢަލީ ވިދާޅުވީ މިއަދު ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށެވެ.
މިހާތަނަށް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް)ގެ 11 ފަންގިފިލާގައި ފަރުވާ ދެމުންދިޔައީ 3 މީހަކަށް ކަމަށާ، މިއާއެކު އެހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ އެންމެންވެސް ރަނގަޅުވެގެން ދިޔައީކަން ޑރ.މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 9 މީހަކު މިހާރު މިވަނީ ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 4 މީހެއްކަށެވެ.
ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ މިޙާލަތުގައި އަދިވެސް ރައްޔިތުން ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށެވެ. މިބަލި ރާއްޖޭގައި ފެތުރަނަނުދީ ކޮންޓްރޯކުރުމަށް ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއިއެކު ރާއްޖޭގެ ޞިއްޚީ ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައިކަމާއިބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާ މަަސއްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.
މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 4 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 9 މީހެކެވެ. ބަލިން ރަނގަޅުވި 9 މީހުން މިހާރުވަނީ 30 ދުވަހުގެ ކަރަންޓީންނަށް ގެންދެވިފައެވެ.