ޚަބަރު

ކޯވިޑް-19 : އެޗްޑީއެފްސީގެ ލޯނުތައް ދެއްކުންވެސް 6 މަސްދުވަހަށް ފަސްކޮށްދީފި


ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފިއެވެ.

އެޗްޑީއެފްސީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތައް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އާރަބަން ޑިވެލޮޕްމަންޓް އާއި އެޗްޑީއެފްސީއާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާ ހައުސިންގ ސްކީމްތަކަށް
ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދީފައިވާކަމަށެވެ.

މިއާއެކު މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް ފައިސާދެއްކުން ފަސްކޮށްފައިވީނަމަވެސް ބޭނުންވާ ފަރާތްތަކަށް ޝެޑިއުލް އާއި އެއްގޮތަށް މި މުއްދަތުގައި ފައިސާ ދެއްކުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް އެޗްޑީއެފްސީން ވިދާޅުވެއެވެ.

އެޗްޑީއެފްސީން މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.