ޚަބަރު

ކޯވިޑް-19 : ފުލް ސްކޭލް ޑްރިލްއެއް މާލޭގައި ފަށައިފި


ކޯވިޑް 19އަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ފުލްސްކޭލް ޑްރިލްއެއް ފަށައިފިއެވެ.

މި ޑްރިލްގެ ހަރަކާތްތައް މާލޭގެ 3 ސަރަޙައްދެގައި ކުރިއަށްދާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ބުނެފައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ޑްރިލް ކުރިއަށް ދާނީ، އެދުރުވެހި ފްލެޓް ބިލްޑިންގ އާއި ގާކޮޅި ފްލެޓް ބިލްޑިން އާއި މއ ވިޔަނި ކިޔާ ގެއެއްގައި ކަމަށެވެ.

ޑްރިލްގެ ހަރަކާތްތައް ކުރިއަށްދާނީ 12:30 އިން ފެށިގެން މެންދުރުފަހު 15:30އާއި ހަމައަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މި ވަގުތުތަކުގައި ޑްރިލް ކުރިއަށްދާއިރު ޑްރިލް ކުރިއަށްދާ ހިސާބުތަކަށް މީހުން ވަދެނުކުމެވުން ހުއްޓުވުން އެކަށީގެންވާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލޭގައި މީގެކުރިންވެސް ވަނީ ކޯވިޑް 19އާއި ގުޅޭ ޑްރިލްއެއް ބާއްވާފައެެވެ. އެއީ ބައްޔަށް ޝައްކުވާ މީހާ އައިސޮލޭޝަންއަށް ގެންދާނެގޮތް ފަރިތަކުރުމަށް ބޭއްވި ޑްރިލް އެކެވެ.