ސްޕޭނުގެ ރެއާލް މެޑްރިޑުން އެ ކުލަބުގެ 10 ނަންބަރު ޖާޒީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އަށް ދީފި އެވެ.
ސްޕޭނުގެ މީޑިޔާތަކުން ބުނީ މިއީ އެ ކުލަބުގެ މާކެޓިން ވިސްނައިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
"އެމްބާޕޭ އަކީ ރެއާލް މެޑްރިޑްގެ މޫނު މަތި. މިއީ ވަރަށް ބޮޑު މާކެޓިން ޕްލޭނެއް. އަދި މިއީ ދަނޑުމަތީގައި ދައްކާ ކުޅުމަށް ވެސް ބަލާފައި ނިންމި ނިންމުމެއް،" ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.
ރެއާލް އިން އޭނަ އަށް 10 ނަންބަރު ދިނުމަށް ފަހު މި ޖާޒީ މާކެޓްކުރާނީ ކޭއެމް10 ޓެކްލައިންގެ ދަށުންނެވެ.
ރެއާލް މެޑްރިޑުގެ 10 ނަންބަރު ޖާޒީ އެންމެ ފަހުން ބޭނުން ކުރީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ. 13 އަހަރަށް ފަހު އޭނާ ކުލަބު ދޫކޮށްލުމުން ހުސްވި ނަންބަރު ހޯދަން އެމްބާޕޭއާ އެކު ދެން ޝައުގުވެރިކަން ފާޅު ކުރީ ތުރުކީގެ އެޓޭކިން މިޑްފީލްޑަރު އަރްދާ ގުލާ އެވެ. ނަމަވެސް ރެއާލްއިން ނިންމީ 20 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް 15 ނަނަބަރު ދިނުމަށެވެ.
ރެއާލްގެ 10 ނަންބަރު ޖާޒީ އަކީ އެ ކުލަބުގެ މަޝްހޫރު ލެޖެންޑުން ކުޅެފައިވާ ނަންބަރެކެވެ. މި ގޮތުން ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އާއި ޖަރުމަނުގެ މެސުޓް އޮޒިލް ފާހަގަ ކޮށްލެވެ އެވެ.
އެމްބާޕޭ ވަނީ ހުސްވި ސީޒަނުގައި ޕީއެސްޖީ ދޫކޮށް ރެއާލް އަށް ބަދަލުވުމަށްފަހު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން ފުރަތަމަ ސީޒަނުގައި އޭނާ ވަނީ 44 ގޯލު ޖަހައިފަ އެވެ.