ޚަބަރު

ކޯވިޑް-19 : މާލޭގެ ގޭގެ ކަރަންޓިންކުރަން ޖެހިއްޖެނަމަ އެހީތެރިވާނެ އުސޫލެއް ކަނޑައަޅައިފި


ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގެ ގެއެއް ނުވަތަ ވަކި ތަނެއް ކަރަންޓީނު ކުރަންޖެހިންޖެނަމަ ޢަމަލުކުރަނެ ގޮތުގެ ޕްލޭނެއް އެކުލަވާލައިފިއެވެ. މި ޕްލޭނުގައި ބަލާފައިވަނީ ކަރަންޓީނު ކުރާ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތަކަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި ކަރަންޓީން ކޮށްފައިވަނީ ދެގެއެވެ. މާލޭގެ މި ދެ ގެއަކީ ބައްޔަށް ޕޮސިޓިވްވި މީހަކާއި ކޮންޓެކްޓްވި މީހުން ދިރިއުޅެމުންދާ ދެގެއެކެވެ.

ކޯވިޑް-19އަށް އަޅަމުންދާ ފޮޔަވަޅުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ގުޅިގެންވަނީ މާލެސަރަޙައްދުގެ ގެއެއް ކަރަންޓިނުކޮށްފިނަމަ ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ. ޚާއްސަކޮށް ޒަރޫރީ ބޭނުމަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތުގެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ.

މިކަމާބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެެކެޓިވް، ޢުމަރު ފިކުރީ ވިދާޅުވީ މާލޭ ސަަރަޙައްދަށް ބޭނުންވާ ޚިދުމަތްތައް ދޭނީ އިންސިޑެންޓް ކޮމާޑް ޕޯސްތަކެއް މެދުވެރިކޮށް ސެކްޓަރތަކަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން މާލެ 16 ސެކްޓަރަކަށް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭގޮތަށް 6 ސެކްޓަަރަކަށް، އަދި ވިލިމާލޭ ވަކި ސެކްޓަރެއްގެގޮތުގައި، އަދި ތިލަފުށި ވަކި ސެކްޓަރެއްގެ ގޮތުގައި ބަހާލައިގެން ޚިދުމަތްއް ދިނުމުގެ އިންތިޒާމްދަނީ ހަމަޖައްސަމުންނެވެ.

"ބަންދުކުރާ ގެތަކަށް ބޭނުންވާ ޢާއްމު ގިނަ ޚިދުމަތްތައް ހުންނާނެ. އެގޮތުން ގޭތެރެ ސާފުކުރުމާއި ޑިސްއިންފެންކްޓްކުރުމާއި، ބޭނުންވާ މެޑިކަލް ސަޕޯޓް ދިނުމާއި، ދިގުމުއްތަށް ބޭސް ބޭނުންކުރާ މީހުންނަށް އެއިންތިޒާމް ހަމަޖެއްސުމާއި، ފެނާއި ނަރުދަމާ ނުވަތަ ކަރަންޓާގުޅޭ އެހީތައް، ކުނި އުކާލުމުގައި ކަން ކުރާނެގޮތައް ހަމަޖައްސާނެގޮތްތުގެ ޕްލޭންތައް ހިމެނޭ." އުމަރު ފިކުރީ ވިދާޅުވިއެވެ.

ޢުމަރު ފިކުރީ ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއްދޭންވީ މިފަދަ ޙާލަތަކަށް ނުދިއުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްކަމަށެވެ. އަދި ޚާއްސަކޮށް މީހުން އެއްވެގެން ކުރިއަށްގެދާ ކަންކަމުގެ ތެރެއިން، އޮންލައިންކޮށް ކުރިއަށްގެންދެވޭ ކަންކަން އޮންލައިންކޮށް ކުރިއަށްދިއުމަށްވަނީ އިލްތިމާސްކުރައްވާފައވެެ.

"އެކި ޙާލަތްތަކުގައި ރައްޔިތުންނަށް އެހީތައްދޭނެ މުޢައްސަސާތައްވެސް އެބަ ކަނޑައަޅަން. އެސްއޯޕީތައް އެކުލަވާލުމުގައި އެންމެ އިސްކަމެއްދެނީ އޮންލައިންކޮށް ވީހާވެސް މަސައްކަތްތައް ބައްޓަން ކުރުމަށް. އެގޮތުން މުޢައްސަސާތަކުގެ މެދުގައި އޮންލައިންކޮށް މުޢާމަލާތްކުރެވޭނެ ޕްލެޓްފޯމެއްވެސްދަނީ ހަދަމުން." ޢުމަރު ފިކުރީ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޙާލަތުން އަރައިގަތުމަށް މިވަގުތު އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ވީހާވެސް ބޮޑަށް ގޭގައި މަޑުކުރުމެވެ. އަދި ދަތުރުތައްކުރުން ހުއްޓާލުމަކީ މިވަގުތަށް އެންމެ އެދެވިގެންވާގޮތެވެ.