ޚަބަރު

ކޯވިޑް-19: ސުވާލެއް އޮތްނަމަ askpsmnews# އަށް މެސެޖްކުރައްވާ


ކޯވިޑް 19 އާއި ގުޅިގެން އާންމު ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދާދިނުމަށް "#އާސްކް ޕީއެސްއެމް ނިއުސް"ގެ ނަމުގައި ޝޯއެއް މިރޭ ފަށާނެއެވެ.

ޕީއެސްއެމުން މިރޭ ދިހައެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މިޝޯއަކީ ކޯވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިންތިޒާމު ކުރެވޭ ޝޯއެކެވެ. މިޝޯގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ކަމުގެ ތަޖުރިބާކާރު ޑޮކްޓަރުންނެވެ.

ކޯވިޑް 19 އާ ގުޅިގެން އުފެދޭ އެއްވެސް ސުވާލެއްވާނަމަ ޓުވިޓާމެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ސުވާލުތައް ފޮނުވާނީ askpsmnews# އަށެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ޚާއްސަ ލައިވް ކަވަރޭޖެއް އަންނަނީ ގެނެސްދެމުންނެވެ. މި ކަވަރޭޖްގައި ތަފާތު އެކި ދާއިރާތަކުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި، ކަމާއި ގުޅުންހުރި ބޭފުޅުން މެދުވެރިކޮށް މައުލޫމާތުދަނީ ފޯރުކޮށްދެމުންނެވެ.