ވިޔަފާރި

ލިޔެކިޔުންތައް މެއިލްކުރުމަށް އިސްލާމިކް ބޭންކުން އެދިއްޖެ


މޯލްޑިވްސް އިސްލާމިކް ބޭންކަށް ފޮނުވާ ލިޔެކިޔުންތައް ބޭންކަށް މެއިލްކުރުމަށް އިސްލާމިކް ބޭންކުން އެދިއްޖެއެވެ.

އިސްލާމިކް ބޭންކުން ބުނީ 23 މާޗްއިން ފެށިގެން ބޭންކަށް ފޮނުވާ ސިޓީތަކާއި އިންވޮއިސް، ޑޮކިއުމަންޓްތަކާއި މިނޫންވެސް ލިޔެކިޔުންތައް އެބޭންކުގެ އީމެއިލް އެޑްރެސްއަށް ފޮނުވުމަށް އިލްތިމާސްކުރާކަމަށެވެ. މިގޮތަށް ނިންމީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިސްލާމިކް ބޭންކުން އަޅާފިޔަވަޅެއްގެ ގޮތުން ކަމަށް އިސްލާމިލް ބޭންކުން ބުނެއެވެ.

އެހެންނަމަވެސް ކޮންމެހެން ބޭނުންވެގެން ކަރުދާސް ޑޮކިއުމެންޓެއް ހުށަހަޅަންޖެހިއްޖެ ހާލަތެއްގައި މެދު ޒިޔާރާތްމަގުގައި ހުންނަ ބޭންކުގެ ހެޑް އޮފީހުގެ އޭޓީއެމް ސެންޓަރުގައި ޤާއިމްކޮށްފައިވާ ޑްރޮޕް ބޮކްސްއަށް ލިޔެކިޔުންތައް ލުމަށް އިސްލާމިކް ބޭންކުން ވަނީ އިރުޝާދުދީފައެވެ.

މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދުވުމާއި ގުޅިގެން އިސްލާމިކް ބޭންކު ހުޅުވާ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފައެވެ. މިބަދަލާއެކު ސަރުކާރު ހުޅުވަންދެން ބޭންކުގެ ޚިދުމަތް ދެމުންދާނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:30 އިން 11:30 އަށެވެ.