ޚަބަރު

ކޯވިޑް-19 : ޑައިރެކްޓް ކޮންޓެކްޓްވި 2 ދިވެއްސެއް ކޯވިޑަށް ޓެސްޓްކުރަނީ


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި 2 ދިވެއްސެއްގެ ފުށުން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާ ގުޅިގެން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި 2 ދިވެއްސެއްގެ ފުށުން ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގައި ޓެސްޓް ކުރަމުންދާއިރު، މިހާރު މި 2 މީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މި ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެންނަ ހުރިހާ އެންމެން އެހެން މީހުންނާއި ވަކިން ބައިތިއްބައިގެން ޓެސްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްވެސް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި 13 މީހުންގެ ތެރެއިން 3 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 މިހާތަނަށް ފެނުނީ:

ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
ކުރަމަތި މޯލްޑިވްސްއިން 2 މީހުން
ސަފާރީއަކުން 2 މީހުން
އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 10 މީހަކަށެވެ.