ޚަބަރު

ކޯވިޑް-19 : ޗައިނާގެ ބީޔޫސީޖީން އެމްއޭސީއެލްއަށް އިލެކްޓްރޯނިކް މާސްކުތަކެއް ހަދިޔާކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓަރކްޝަން ގްރޫޕުން އެމްއޭސީއެލްއަށް އިލެކްޓްރޯނިކް މާސްކުތަކެއް ހަދިޔާކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ބީޔޫސީޖީން އެކުންފުންޏަށް 50 އިލެކްޓްރޯނިކް މާސްކު ހަދިޔާކޮށްފައިވާކަމަށެވެ. މި މާސްކްތައް ކުންފުނީގެ މުވައްޒަފުން އެކި އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވާއިރު ބޭނުންކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެމްއޭސީއެލްއިންވެސް ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.