ޚަބަރު

ހުޅުމާލެއިން އެކަހެރިކުރި ދިވެހި މީހާ ކޯވިޑް-19އަށް ނެގެޓިވް


ހުޅުމާލެއިން ފަރޮކޮޅު ފުއްޓަށް ގެންގޮސް އެކަހެރިކުރި ދިވެހި މީހާ ކޯވިޑް-19އަށް ނެގެޓިވެ ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިމީހާގެ ޓެސްޓްގެ ނަތީޖާ ލިބިފައިވަނީ މީގެ އިރުކޮޅެއްކުރިންކަަމަށެވެ. އެމީހާއަކީ އަންތާރާ މޯލްޑިވްސް ރިސޯޓުން ކޯވިޑް19އަށް ޕޮޒިޓިވްވި ބިދޭސީމީހާއާއި ކްލޯސް ކޮންޓެކްޓެއްގެ ގޮތުގައި ފާހަހނގަކުރެވިގެން ޓެސްޓް ހަދައި މޮނީޓާ ކުރުމަށް އެކަހެރި ކޮށްފައިވާ މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއެންމެންނަކީވެސް ބިދޭސީންނެވެ.

ޕޮޒިޓިވް ކޭސްތައް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހެއް
  • ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި ރިސޯޓުން 2 މީހުން
  • އަނަންތަރާ ދިގު ރިސޯޓުން 2 މީހުން
  • އައިލެންޑް ސަފާރީ ބޯޓުން 2 މީހުން

އެޗްޕީއޭއިން ބުނީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި 11 މީހަކު އެބަތިބި ކަމަށާއި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 18 މީހަކު އެބަތިބި ކަމަށެވެ. އަދި ހަތަރު މީހަކު އައިޖީއެމްއެޗްގެ ޚާއްސަ ޔުނިޓެއްގައި ވެސް ވަނީ އެޑްމިޓްކޮށްފައެވެ.

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން ގިލި ލަންކަންފުށިން ދިވެއްސެއްގެ ސާމްޕަލް ނެގުމާއި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓުވަނީ މޮނިޓަރިންގއަށް ލާފައެވެ.