ވިޔަފާރި

ކޯވިޑް-19 : ބިލް ނުދެއްކުނަސް ޚިދުމަތް މެދުކަނޑާނުލުމަށް އުރީދޫން ނިންމައިފި


އުރީދޫގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބިލްތައް މިމަހު ނުދެއްކި ނަމަވެސް ޚިދުމަތް މެދުކަނޑާނުލާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫއިން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން ގިނަ ބަޔަކަށް ދަތިިތަކާއި ކުރިމަތިވަމުންދާނެތީ، އެފަރާތްތަކަށް އެހީވުމުގެ ގޮތުންކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އެކުންފުނިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މިމަހުގެ ފޯނު ބިލާއި، ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑު ބިލު ނެދެއްކޭ ފަރާތްތަކަށް ދެމުންދާ ޙިދުމަތްތައް މެދުކަނޑާނުލާނެ ކަމަށެވެ.

އަދި ގޭތެރޭގައި ތިބުމަށް އާއިލާތަކަށް ބާރު އެޅުމުގެ ގޮތުން، އުރީދޫ ސުޕާނެޓް ބްރޯޑްބޭންޑު ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ ދިނުމުގެ އިތުރަށް އުރީދޫގެ ކަސްޓަމަރުންނަށް މިމަސްތެރޭ ހިލޭ ޓެކްސްޓް މެސެޖް ފޮނުވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން ތައުލީމުދޭ މަރުކަޒުތަކަށް އޮންލައިންކޮށް ކުލާސްތައް ބޭއްވޭނެ މަގު ފަހިކޮށްދިނުމަށްވެސް އުރީދޫންދަނީ މަސައްކަތްކުރަމުންނެވެ. އުރީދޫއިން ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައެވެ.