ޚަބަރު

ދީނަށް ފުރައްސާރަ ކުރާ މީހުންނާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން - ޕީޖީ


އިސްލާމްދީނަށް ފުރައްސާރަވާގޮތަށް ކަންކަން ކުރާ މީހުންނާއިމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވަނެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށާއި، ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެކަމަށެވެ. އަދި މީގެ ކުރިންވެސް މިފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކާއިމެދު ދައުވާ ކުރައްވާފައިވާކަމަށެވެ. އަދި ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޝޫޢޫރުފާޅުކުރަމުންދިޔަ ރުސްތުމް އަނެއްކާވެސް މިއަދު ވަނީ ހައްޔަރުކޮށްކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިސްލާމްދީނަށް ތަހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މުޖްތަމަޢުގެ ސުލްހަ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭތީކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.