ޚަބަރު

ކުރަމަތި ރިސޯޓުން 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ


ކުރަމަތި ރިސޯޓުން ކޯވިޑް-19 އަށް ޓެސްޓްކުރި 2 ބިދޭސީން އެ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރަށަށް އަރައިފޭބުން އަދިވެސް ހުއްޓަލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ. މީގެތެރެއިން 4 މީހުންނަކީ ކުރެއްދޫ ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ އަދި އަނެއް ދެ މީހުންނަކީ ބަތަލާ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނެވެ. އަދި އެނެއް ދެ މީހުންނަކީ ކުރަމަތި ރިޒޯޓުން ޕޮޒިޓިވްވި ދެ މީހުންނެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން މިބައްޔަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.