ޚަބަރު

ޙުސްނީ މުބާރަކުގެ ޖަނާޒާ އަސްކަރިއްޔާގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި


މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކުގެ ޖަނާޒާ އަސްކަރިއްޔާގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ.

30 އަހަރުވަންދެން މިޞްރުގައި ވެރިކަންކުރެއްވި މުބާރަކް އަވަހާރަވީ މިމަހުގެ 25ވަނަ ދުވަހުއެވެ އޭނާގެ ހަށިކޮޅު ފަސްދާނުލީ ވެރިކަންކުރާ ޤާހިރާގައެވެ މިޞްރުގެ ދިދައިން ޒީނަތްތެރިކުރެވިފައިވާ ސަންދޯކެއްގައި މުބާރަކުގެ ހަށިކޮޅު ފަސްދާނުލުމަށް ގެންދިޔައީ އަސްގާޑިޔަލެއްގައެވެ. އޭނާގެ ޖަނާޒާގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލްސީސީއާއި މުބާރަކުގެ ދެދަރިކަލުންގެ އިތުރުން އަސްކަރިއްޔާގެ އެންމެ މަތީވެރިންނާއި ވަރުގަދަ ޢަރަބި ޝަޚުސިއްޔަތުން ބައިވެރިވެޑައިގެންނެވިއެވެ.

1981ވަނަ އަހަރު ވެރިކަމަށް އިސްވެވަޑައިގެންނެވި މުބާރަކް ވެރިކަމުން ދުރުވެވަޑައިގަތީ 2011ވަނަ އަހަރު އެޤައުމުގައި ކުރި މުޒާހަރާތަކާގުޅިގެންނެވެ. މިޞްރުގެ ރައީސްކަމުން އިސްތިޢުފާދެއްވުމުން، މުބާރަކްވަނީ ޖަލުގައި ބަންދުކޮށްފައެވެ. ނަމަވެސް 2017ވަނަ އަހަރު އޭނާވަނީ ޖަލުން މިނިވަންވެވަޑައިގެންފައެވެ.

އޭނާ އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައެވެ. މުބާރަކް އަވަހާރަވެފައިވަނީ ޞިއްޙީ ހާލު ދެރަވެގެން މީގެ ދެތިން ހަފުތާކުރިން އޮޕަރޭޝަނެއް ކުރައްވާފައިވަނިކޮށެވެ.