ވިޔަފާރި

މިއަހަރުގެ ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި


މިއަހަރުގެ މޯލްޑިވްސް ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ.

ޗަންޕާ ސެންޓަރަލް ހޮޓެލްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި 12 ސްޕޮންސަރަކާއެކު ވަނީ ސޮއިކޮށްފައެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މިއަހަރުގެ ލިވިން އެކްސްޕޯގެ ސްޕޮންސަރުންނަކީ:
މެއިން ސްޕޮންސަރ: މޯހަން މުތާ އެކްސްޕޯޓާރސް ޕްރައިވެޓް ލިމިޓެޑް
ކޯ ސްޕޮންސަރ: އަކުއަރ ވިޓާ ރެސިޑެންސް
އެންޑޯސްމަންޓް ޕާޓްނަރ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ޕްރިންޓިންގ ޕާޓްނަރ: ޕްރިންޓް ލެބް
ސެޓްއަޕް ޕާޓްނަރ: އަސަރީ ސަރވިސަސް
ޕްލޯރިންގ ޕާޓްނަރ: ސިނަފް
ކޮފީ ޕާޓްނަރ: ސިވިލް ކޮފީ ރޯސްޓާރސް
ސެކިއުރިޓީ ޕާޓްނަރ: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރިޓެކްޝަން
އޮންލައިން މީޑިއާ ޕާޓްނަރ: ވަން އޮންލައިން
ޓްރެވެލިން ޕާޓްނަރ: އައިލެންޑް ޗީފް
ވީޑިއޯގްރަފީ ޕާޓްނަރ: ސްކޭޕް
ހޮސްޕިޓަރލިޓީ ޕާޓްނަރ: ޗަންޕާ ސެންޓްރަލް ހޮޓެލް

ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝާމިން ވިދާޅުވީ، މިއަހަރު ލިވިން އެކްސްޕޯ ދަރުބާރުގޭގައި ބާއްވާއިރު އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި އަދި އެގްޒިބިޓަރުންނަށްވެސް ފަހި މާހައުލެއް ލިބިގެންދާނެކަމަށެވެ.

މިއީ ލިވިން އެކްސްޕޯ ބާއްވާ 8 ވަނަ އަހަރެވެ. މިއަހަރުގެ ލިވިން އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 27 އިން 29 އަށް ދަރުބާރުގޭގައެވެ.