ޚަބަރު

ކުޅުދުއްފުށީ ހޮސްޕޓަލް މަރާމާތު ކުރަން ބަޔަކާ ޙަވާލު ކޮށްފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރަންޖެހޭ ގިނަ މަރާމާތުތަކެއް ކުރުމަށް 2.2 މިލިއަން ރުފިޔާއަށް ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ހޮސްޕިޓަލުގެ ހުރިހާ އިމާރާތެއްގައި ކުލަ ލުމާއި، ހުރިހާ ފާޚާނާއެއްގެ މުށި ބަދަލުކުރުމާއި، ޕޯޓިކޯއަށް ވަދެ ނުކުމެވާ ވޯކްވޭގެ ގާތައް ބަދަލުކުރުމާއި، ދޮރު ފޮތިތައް ބަދަލުކުރުމުގެ އިތުރުން ދޮރުތައް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރޭގައި ކުރިއަށްދާނެ އެވެ. މިމަސައްކަތުގެ އަގަކީ 2.2 މިލިއަން ރުފިޔާއެވެ.

މުޅި ހޮސްޕިޓަލުގެ ހުރިހާ އިމާރާތެއްގައި ކުލަ ލުމާއި، ހުރިހާ ފާޚާނާއެއްގެ މުށި ބަދަލުކުރުމާއި، ޕޯޓިކޯއަށް ވަދެ ނުކުމެވާ ވޯކްވޭގެ ގާތައް ބަދަލުކުރުމާއި، ދޮރު ފޮތިތައް ބަދަލުކުރުމުގެ އިތުރުން ދޮރުތައް މަރާމާތު ކުރުން މި ޕްރޮޖެކްޓްގެ ތެރޭގައި ކުރިއަށްދާނެ އެވެ.

44 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ ތެރޭގައި ހޮސްޕިޓަލުގައި ކުރަން ހުރި އިތުރު ބައެއް މަރާމާތުތައްވެސް ހިމެނެއެވެ.

ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވެފައި ހުރި ގިނަ ބަދަލުތަކެއް މި ޕްރޮޖެކްޓުގެ ތެރެއިން ގެނެވޭނެ ކަމުގައި ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވިދާޅުވިއެވެ..

ކޭއާރުއެޗުގެ އާބާތުރަފިލުމުގެ ގޮތުން މިފަދަ މަރާމާތެއް ނުކުރާތާ ގިނަ އަހަރުތަކެއް ވަނީވެފައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)އަކީ، އުތުރުގެ މައި ހޮސްޕިޓަލެވެ.