އަތޮޅުތައް

އުނގޫފާރު ކުޅިވަރު މަރުކަޒު ރަށުކައުންސިލާއި ޙަވާލުކޮށްފި


ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން، ރ. އުނގޫފާރުގައި ހިނގަމުންއައި ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ މަރުކަޒު، އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ.  

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އާއި އުނގޫފާރު ކައުންސިލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ ކަންކަން ބެލެހެއްޓުން އުނގޫފާރު ކައުންސިލާއި ހަވާލުކުރީ، ރ.އަތޮޅުގެ އެންމެންނަށް ޚާއްސަކޮށްފައި އެތަން ކުރިން ހުރިނަމަވެސް މިހާރު އެކި ރަށްރަށުގައި މިފަދަ ޚިދުމަތްތައް ފުޅާކުރަން ފަށާފައިވާތީކަމަށް މައުލޫމާތުލިބެއެވެ. މީގެކުރިން އެ މަރުކަޒު ބަލަހައްޓަމުންގޮސްފައިވަނީ ރ.އަތޮޅު ކައުންސިލުގެ ދަށުންނެވެ. 

އެ މަރުކަޒުގައި ތަފާތު އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް މިހާރުވެސް ޤާއިމުކުރެވިފައިވާކަމަށާއި، އިތުރު ގިނަ ކަންތައްތަކެއް ޤާއިމުކުރަންޖެހޭކަމަށް ޒުވާނުންބުނެއެވެ. އުނގޫފާރު ކައުންސިލުންބުނީ، އެރަށު ޒުވާނުންގެ މަރުކަޒާ ހަވާލުވުމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި އެތަން ކުރިއަށްގެންދާނެ ގޮތްތަކެއް ރާވަމުންދާކަމަށެވެ.

އުނގޫފާރު ޒުވާނުންގެ މަރުކަޒަކީ ކެނެޑާގެ އެހީއެއްގެދަށުން އިމާރާތްކޮށް ދެހާސް ހަތްވަނަ އަހަރު ހުޅުވާ ޚިދުމަތްދޭން ފެށިތަނެކެވެ.