ވިޔަފާރި

ރ.އަތޮޅުގައި ޓިކެޓް އެޖެންޓުން ތަމްރީން ކުރަނީ


ރ. އަތޮޅުގައި
މޯލްޑިވިއަންގެ ޓިކެޓް އެޖެންޓުން ޤާއިމުކުރުމަށް މީހުން ތަމްރީނުކުރަންފަށައިފިއެވެ. 

އިފުރުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގުރާމުގައި މިވަގުތު ދެ ރަށަކުން
ބައިވެރިވަމުންދާކަމަށް މޯލްޑިވިއަނުން މަޢްލޫމާތު ދެއްވައެވެ. މޯލްޑިވިއަނުން މަޢްލޫމާތު ދެއްވާގޮތުގައި މަދުވެގެން ހަތަރު ރަށެއްގައި އެޖެންޓުން ބައިތިއްބުމަށް ވަނީ ނިންމަވާފައެވެ. އިފުރުގައި ހިންގާ
ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރ. އަތޮޅުން
ޓިކެޓް ލިބެނީ ހަމައެކަނި އިފުރުނުންނެވެ. އެހެންނަމަވެސް އަތޮޅުގެ ރަށްރަށުގައި އެޖެންޓުން
ޤާއިމުކުރެވުމުން، އެޖެންޓުން މެދުވެރިކޮށް ރަށްރަށުންވެސް ޓިކެޓް ލިބޭނެއެވެ.
މިހާރު ހިނގާ ތަމްރީންތަކުގައި އަލިފުށްޓާއި އުނގޫފާރުން
ބައިވެރިވަމުންދާކަމަށާއި، މިހާރު ކުރިއަށްދާ ތަމްރީން ޕްރޮގްރާމް މި ހަފްތާގެ ނިޔަލަށް
ނިމޭނެކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއްވައެވެ.



އިފުރު އެއަރޕޯޓް
ހުޅުވައި އައިލޭންޑް އޭވިއޭޝަނުން ހިދުމަތްދޭންފަށާފައިވާއިރު، މޯލްޑިވިއަނުން
އަންނަނީ ދުވާލަކު ޝެޑިއުލް އެއް ފުލައިޓް އިފުރަށް ބާއްވަމުން. އައިލޭންޑް އޭވިއޭޝަނުންވަނީ އިފުރަށް ދުވާލަކު އަށްފުލައިޓާއި ހަމަޔަށް
އިތުރުކުރަންޖެހިދާނެކަމަށް ލަފާކޮށް އެވަރަށް ފުލައިޓް
އިތުރުކުރަންޖެހިއްޖެނަމަވެސް ކުރާނެކަން ހާމަކޮށްފައެވެ. 

މިހާރު އިފުރު މާލެ އެއް
ކޮޅު ޓިކެޓްގެ އެންމެ ހެޔޮ އަގަކީ އަށްސަތޭކަ އަށްޑިހަ އަށްރުފިޔާއެވެ. މިއީ ރާއްޖޭގެ
އެއަރޕޯޓަކަށް މޯލްޑިވިއަންގެ ފުލައިޓެއްގައި ދަތުރުކުރެވޭ ދެވަނައަށް އެންމެ ހެޔޮ
އަގެވެ.