ޚަބަރު

ދެރަށެއްގެ މިސްކިތްތައް އޭސީކުރުމަށް ބަޔަކާ ޙަވާލުކޮށްފި


ދެރަށެއްގެ މިސްކިތް އެއަރކޯންކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަޔަކާ ޙަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ނ.ކެނދިކުޅުދޫ މަސްޖިދުލް އީމާނާއި ޏ.ފުވައްމުލަކުގެ މަސްޖިދުލް އިނާރާގައި އޭސީއާއި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު ވިއުގައާ ގުޅުމުގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ.

ނ.ކެނދިކުޅުދޫ މިސްކިތުގެ މަސައްކަތް ޙަވާލުކުރީ އަށް ލައްކައަށްވުރެ ގިނަ ރުފިޔާއަށް ވިހި ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި ޏ.ފުވައްމުލަކު މިސްކިތުގެ މަސައްކަތް ޙަވާލުކުރީ ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާއަށް ވިހި ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެގާރަ މިސްކިތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ހަރުކޮށް ނިންމުންކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތައް ޢިއާދަކުރަނިވި ހަކަތައިން އޭސީކޮށް ނިންމުމަށެވެ. މީގެ އިތުރުން 2020ވަނަ އަހަރަށްވެސް ގިނަ މިސްކިތްތަކެއްގެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.