ޚަބަރު

ވިޔަފާރި ބަނދަރުގެ ރައްކާތެރިކަމަށް، މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން - އެމްޕީއެލް


މާލޭ ވިޔަފާރި ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ބައިނަލްއަޤުވާމީ ގިނަ މިންގަނޑުތަކަށް ޢަމަލުކުރުމުގައި ދަތިތަކެއް އެބަހުރިކަމަށާ، މޯލްޑިވްސް ޕޮޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ވިޔަފާރި ބަނދަރު ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްޕީއެލްއިން މިހާރުވެސް ޢަމަލުކުރަމުންދަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށްކަމަށެވެ.

އެހެންނަމަވެސް ބަދަރުގެ ބައެއްކަންކަމުގެ ޙާލަތު ހުރިގޮތުން ބައިނަލްއަޤުވާމީ މިންގަނޑުގައި ހިފެހެއްޓުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޕީއެލްގެ ސޭފްޓީ މިންގަނޑުތަކަށް ފާޑު ކިޔައި އެމްޕީއެލްގެ މަސައްކަތްތައް ބައިނަލްއަޤުވާމީ މިންގަނޑުގައި ނުހިފެހެއްޓޭކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ.

ޝާހިދު ވިދާޅުވީ ވިޔަފާރިބަނދަރުގެ ފެންވަރުމަތިކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް އޮތްތަނުގައި އެބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާރަށްވުރެ ހަރުދަނާ އުސޫލުތައް އެކުލަވާލައްވާނެކަމަށާ، ބަނދަރުގައި ހިންގާ އެކްސިޑެންޓުތައް މަދުކޮށް ބަނދަރު ބޭނުންކުރާ ފަރާތްތަކާއި ބަނދަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމްޕީއެލްގެ އެންމެ ބޮޑު އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ސޭފްޓީ ވީކްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައިވަނީ މިވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.