ޚަބަރު

ގެމަނަފުއްޓާއި ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ޑިޒައިން ކުރަން ހަވާލުކޮށްފި


ގއ.ގެމަނަފުއްޓާއި ގދ.ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އާއި އީއައިއޭގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕަރޓްނަރޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވި ވޯޓަރ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނައުޝާދުއެވެ.

މިއެއްބަސްވުމުގެދަށުން ގެމަނަފުއްޓާއި ރަތަފަންދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިނާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރުބަލާ އެސެސްމަންޓް ހެދުން ހިމެނެއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 507 ހާސް ރުފިޔާއަށް 18 ހަފްތާއިން ނިންމާގޮތަށެވެ.