ޚަބަރު

ކުޅުދުއްފުށީގައި ކުޅިވރުގެ ދާއިރާ އާ ގުޅުންހުރި ކަން ކަމާ ގުޅޭ މަޝްވަރާ ތަކެއް ކޮށްފި


ކުޅުދުއްފުށީގައި ކުޅިވަރުގެ ދާއިރާއިން ކުރަން ހުރި ކަންކަމާބެހޭ މަޝްވަރާތައް ކޮށްފިއެވެ.
ރޭ ކައުންސިލް އިދާރާގައި އޮތް މިބައްދަލްވުމުގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ޒަމާނީ ފެންވަރަށް ބަދަލްކުރުމަށް ކުރަންހުރި މަރާމާތުތަކާއި ކުޅުދުއްފުށީގައި ހެދުމަށް ހަމަޖެހިފައިވާ ސްވިމިން ޓްރެކާ ބެހޭގޮތުން ޔޫތްމިނިސްޓަރ އަޙްމަދު މަހުލޫފް މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ސްވިމިން ޓްރެކް ކުޅުދުއްފުށީގައިގައި އަވަސްމުއްދަތެއްގައި ފަށަން ތައްޔާރުވެ ވަޑައިަގްނަނަވާ ކަމަށާއި، އޭގެ ކުރިން މިފަދަ ފުރަތަމަ ޕްރޮޖެކްޓް އައްޑޫގައި ފަށަން ތައްޔާރުވެ ވެފއިވާކަމަށެވެ.

އަދި މީގެ އިތުރުން ކުޅުދުއްފުށީގެ ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގްރާމްތައް ޔޫތް މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަވެއެވެ.

މީގެ އިތުރުންވެސް ޒުވާނުންނާ ކުޅިވަރާ ގުޅުންގުރި ދާއިރާތަކުން ކުޅުދުއްފުށިގައި ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސް ފެސްޓިވަލްގެ ޙަރަކާތްތައް ބައްލަވާލެއްވުމަށް ކުަރއްވާ ދަތުރުފުޅެކެވެ. ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓްސް އެކަޑަމީން ހޯސްޓްކުރާ މި ބީޗް ފެސްޓިވަލަކީ ޔޫތް މިނިސްޓްރީއާޢި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މިފެސްޓިވަލްގެ ނިންމުން މިއަދު ހަވީރު އޮންނައިރު މިނިސްޓަރ މިހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.