ޚަބަރު

ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ޑެއިލީ ކޮށް ދަތުރު ފަށައިފި


ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ހދ.ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކުވެސް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް ދަތުރު ކުރާނެއެވެ.

މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މިއަދާ ހަމަޔަށް ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ކުރަނީ ހަފްތާއަކު ތިން ދަތުރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހުއެވެ. ފްލައިޓް ދަތުރުތައް އޮންނަނީ ހެނދުނުއެވެ.

ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ޓިކެޓް ވިއްކަނީ 805ރ، 954ރ އަދި 1113ރ އަށެވެ.

މޯލްޑިވިއަންގެ ޑެއިލީ ފްލައިޓުތައް އިއްޔެ ކުޅުދުއްފުއްޓަށް ފަށާފައިވާއިރު ކުޅުދުއްފުށީގައި މޯލްޑިވިއަންގެ ޓިކެޓް ވިއްކާ ކޭއޯ ޓްރެވަލްސްއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.