ޚަބަރު

ކުށުގެ ވެށިން ކުދިން ދުރުހެލިކުރުމަށް ތުރާކުނާއި ހޯރަފުށީގައި ޕްރޮގްރާމެއް ހިންގައިފި


ކުޑަކުދިން ކުރާ ކުށްތަކާއި ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ތުރާކުނާއި ހޯރަފުށީގައި ޕްރޮގްރާމެއް ހިންގައިފި

މިއީ އެކުދިން އަނބުޜާޢީ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެގޮތުން ބޭއްވި ޕްރޮގްރާމެކެވެ.

މިޕްރޮގަރާމުގެ ދަށުން ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިނަށް ހެދޭ ގޯސްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

އަދި އިތުރަށް ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ސައިބަރ ކްރައިމްގެ މައްސަލައެއް ފާހަގަ ކުރެއްވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުންވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ސްކޫލުތެރޭގައާއި ސްކޫލުން ބޭރުގައި ކުދިންނަށް ހަނގާ ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި ހަނގާ ކުރުމުން ކުދިން ސަލާމަތް ކުރުމަށް ކުރެވިދާނެކަންކަމާ ބެހޭގޮތުން ވެސް ވަނީ މަޢުލޫމާތު ދީފައެވެ.

މިޕްރޮގަރާމުގައި ތުރާކުނު ސްކޫލުގެ 52 ބެލެނިވެރިންނާއި، ހޯރަފުށި ސްކޫލުގެ 101 ބެލެނިވެރިން ބައިވެރިވެފައި ވެއެވެ. މިޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެއްވީ ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމެވެ.