އަތޮޅުތައް

މާމިގިލީ މަސްޖިދުއްތަޢާވުންއަށް ބައެއް އިތުރުކޮށްފި


އދ އަތޮޅުގެ އެންމެ އާބާދީބޮޑު ރަށްކަމަށްވާ މާމިގިލީގެ ހުކުރުކުރާ
ދެމިސްކިތުގެ ތެރެއިން މަސްޖިދުއްތަޢާވުން އަށް 40 ފޫޓް 18 ފޫޓްގެ ބައެއް
އިތުރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.

އެރަށު ކައުންސިލް އިދާރާއިން ބުނީ، މިތަނުގެ ހުރިހާ މަސައްކަތެއް
ޖުމްލަގޮތެއްގައި ކޮށްފައިވަނީ ރަށު ކައުންސިލް އިދާރާގެ މުވައްޒަފުން ހިލޭ
ސާބަހަށް ކަމަށެވެ.







ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން، ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު
ސާމިރު ވިދާޅުވީ، މިކަމުގެ ހުރިހާ ޚަރަދެއްވެސް ކުރީ ކައުންސިލުންނާއި ހެޔޮއެދޭ
ފަރާތްތަކެއްގެ ދީލަތި އެހީގައި ކަމަށެވެ. އަދި މިބައި މި އިތުރުކުރީ، ފަހަކަށްް
އައިސް ކޮންމެ ރަމަޟާން މަހަކުވެސް ތަރާވީޙްނަމާދުކުރާ ދެ މިސްކިތްވެސް ފުރި ޖާގައިގެ
ދަތިކަން ކުރިމަތިވަމުންދާތީ، އެކަން ޙައްލު ކުރުމުގެ ގޮތުން ކަމަށް ސާމިރު ވިދާޅުވިއެވެ.