މުނިފޫހިފިލުވުން

ވެން ޑީސަލް މިފަހަރު ސުޕަރ ހީރޯ އެއް


"ގާރޑިއަން އޮފް ގެލެކްސީ އެންޑް އެވެންޖާސް " އަށް ފަހު ވެން ޑީސަލް ފެނިގެންދާނީ ސުޕަރ ހީރޯއެއްގެ ގޮތުގައެވެ. ޑޭވް ވިލްސަން ޑައިރެކްޓް ކުރާ "ބްލޮޑްޝޮޓް" ގައި ފެނިގެންދާނީ ސުޕަރ ހީރޯއެއްގެ ގޮތުގައެވެ. މި ފިލްމުގައި ފެނިގެންދާނީ ސިފައިންގެ މީހެއްގެ ގޮތުގައި އުޅުނު މީހަކަށް ލިބިގެންދާ ބާރުތަކެވެ. އެ ބާރުތަކުގެ ތެރޭގައި އެކި ސިފަތަކަށް ބަދަލުވުމުގެ ބާރުވެސް ހިމެނެއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ މަރުވެފައި އޮތް މީހަކު ބޭނުންކޮށްގެން ހަދާ އެކްސްޕެރިމެންޓް ތަކެއްގެ ސަބަބުން އެނާއަށް ލިބޭ ބާރަކާއި އެކު ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ. ހުރިހާ ހަދާންތަކެއް ނެތިފައި ހުންނަ މިމީހާގެ އަމާޒަކަށްވަނީ އެނާގެ އަންހެނުން މަރާލި މީހުންގެ ކިބައިން ބަދަލު ހިފުމެވެ.

"ބްލަޑް ޝޮޓް" ގެ ފުރަތަމ ޓްރެއިލަރ މިހާރު ވަނީ އާއްމުކޮށްފައެވެ. ފިލްމްގެ ޓްރެއިލަރ އާޢްމުކުރުމާއި އެކި 24 ގަޑިއިރުގެ ތެރޭގައި އެގާރަ ހާހަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

މި ފިލްމުގައި ވެން ޑީސަލްގެ އިތުރުން ސޭމް ހުއޭގް، ގައި ޕީއާސް، އެއިޒާ ގޮންޒާލެސް ހިމެނެއެވެ. މި ފިލްމް ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަދުވަހުއެވެ.