ފުވައްމުލައް ސިޓީގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތައް ހުރި ސަރަޙައްދުގެ ލޭންޑްސްކޭޕް ޑިޒައިންކޮށް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިމަސައްކަތް ޙަވާލުކުރެއްވީ "އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މިމަސައްކަތް ޙަވާލުކުރީ ނަވާރަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ފުވައްމުލަކުގެ ހައުސިންގ ޔުނިޓުތައް ހުރި ސަރަޙައްދުގެ ލޭންޑްސްކޭޕް ޑިޒައިންކޮށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޚާލުސް ޝަރީފެވެ. އަދި އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ.