ޚަބަރު

ސީއެޗްއެސީގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ހިންގައިފި


ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން ސީއެޗްއެސްސީގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ހިންގައިފިއެވެ.
ސީ އެޗްއެސްސީގައި ބޭއްވި ކެރިއަރ ގައިޑެންސް ޕްރޮގްރާމަކީ ސީއެޗްއެސްސީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ މަޓީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް މާޕް ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ކުދިން ސްކޫލް ނިންމާ ނިކުންނައިރު، ކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާ ހިޔާރުކުރުމުގައި އެހީވެދިނުމަށްކަމަށެވެ. ސަފޫރާ ވިދާޅުވީ މި ޕްރޮގްރާމްގައި ހޮސްޕިޓަލިޓީ ދާއިރާގެ ފުންނާބު އުސް ތަޖުރިބާ ހުރި މީހުން، އެމީހުން ތަޖުރިބާތައް ކުދިންނާ ޙިއްސާކޮށްފައިވާކަމަށެވެ.

މި ޕްރޮގްރާމްގައިވަނީ ޓުއަރިޒަމް ދާއިރާގެ އެކި މަސައްކަތްތައް ކުރާ މީހުން އެމީހުން ކުރިއަރައިގެން އައިގޮތުގެ ވާހަކަތައް ދަރިވަރުންނާއި ޙިއްސާކޮށްފައެވެ.

"ސްކޫލް ނިންމައި ނިކުންނައިރު، ކުދިންނަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަދިމާވޭ މަސައްކަތެއް ޚިޔާރުކުރުމަށް. އެހެންވީމަ މިކުދިންނަށް މި ކިޔައިދެނީ އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާއި، ކިހިނެތްކަން ދާއިރާގެ މަސައްކަތްތައް ހުންނަނީ. ދާއިރާގައި ފުރުސަތު އެބަހުރި، އެކަންކަމަށް ވަންނާނި ގޮތްތައް މި ޕްރޮގްރާމްގައި މި ކިޔައިދިނީ." ސަފޫރާ ވިދާޅުވިއެވެ.

ކެރިއަރ ގައިޑެންސް ޕްރޮގްރާމްގައި ސީއެޗްއެސްސީގެ 300 ދަރިވަރުންވަނީ ބައިވެރިވެފައެވެ.

"އިނގިގެން ހިންގައްޖެ ފޮތޯގްރަފީ ފަދަ ދާއިރާތަކުންވެސް ރަނަގަޅު ފުރުސަތު އެބަހުރިކަން. އެކި މީހުންގެ ވާހަކަތައް އަޑުއެހީމަ އަސްލު ދާިރާގެ ހުރި ފުރުސަތުތައް އިންގި ކުރިއަށް ދެވޭނެ މަގު އޮތް ދާއިރާއެއްކަން އެނގިގެން ހިންގައްޖެ." ދަރިވަރުން ކިޔައިދިނެވެ.

އެ ސްކޫލުން ބުނެފައިވަނީ ކުރިއަށް އޮތް ތާންގައިވެސް އެކި ދާއިރާތަކުން ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހިންގާނެކަމަށެވެ..