ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓް ހެދުމަށް ކަލެކްޓިން ކޮމްޕެނީއާއި ހަވާލުކޮއްފި


ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ރީޖަނަލް އެއާޕޯޓުން ބުނެފި އެވެ.

ރީޖަނަލް އެއަރޕޯރޓްގެ އޮފިޝަލަކު މައުލޫމާތު ދެއްވިގޮތުގައި ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް ހެދުމަށް ކަލެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ މިމަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ބިޑް އެވޯޑް ލެޓާ ވަނީ ޙަވާލު ކޮށްފައެވެ.
އެއާޕޯޓްގައި ހެދުމަށް ހަމަޖެހިފައިވާ ރެސްޓޯރެންޓްގެ މަސައްކަތް ކަލެކްޓިން ކޮމްޕެނީއާ ހަވާލުކުރެވިފައިވަނީ 1،927،910،90 (ނަވާރަލައްކަ ހަތާވީސް ހާސް ނުވަސަތޭކަދިހަރުފިޔާ ނުވަދިހަލާރިއަށް) 150 ދުވަސް ތެރޭގައި އެމަސައްކަތް ނިންމުމަށްކަމަށް ސާމީ އަގީލް ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓް ހަދައި ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބްލިކް ފާޚާނާގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާޚާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ޚާއްޞަކުރެވިފައިވާ ބައެއް ހަދާނެ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.