ޚަބަރު

ޕްލާސްޓިކާ ދުރަށް ދިއުމަކީ އަމާޒެއް: ހއ. އަތޮޅު ކައުންސިލް


ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ. މިއީ އެކައުންސިލް އިދާރާއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހެދުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން ވެދިން އެހީއެކެވެ.

މިކަމަށްޓަކައި ހޯމަ ދުވަހު ދުވަހު ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފުޅި ޙަވާލުކޮށް ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މިރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައިސް ވިދާޅުވީ ހއ. އަތޮޅު ކައުންސިލް އިދާރާއަކީ ޕްލާސްޓިކާ ދުރު ތަނަކަށް ހެއްދުމުގެ އަމާޒު ހިފާފައި ވާކަމަށާއި މި ޕްރޮގްރާމްގެ ދަށުން ކުރަމުންދިޔަ މަސައްކަތަށް އެހީތެރި ވުމުގެ ގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން ބިއްލޫރި ފުޅީގެ އެހީ ދީފައިވާތީ އެކަން ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެވޭ ކަމަށެވެ.