ޚަބަރު

ހއ އަތޮޅުގެ 4 ރަށެއްގައި ސާފު ކުރުމުގެ ޕަރޮގަރާމެއް ކުރިޔަށް ގެންގޮސްފި


ލެޓްސް ޑޫ މޯލްޑިވެސް ފަރާތުން ވޯލްޑް ކުލީނަޕްޑޭ ހއ އަތޮޅުގެ 4 ރަށެއްގައި ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ ވޯލްޑް ކުލީނަޕްޑޭ އާ ގުޅުވާގެން ކުރިޔަށް ގެންދާ ހަރަކާތް ތަކެއް. އެގޮތުން އިއްޔެ މި ހަރަކާތް ހިންގާފައިވަނީ ހއ ވަށަފަރު ، ބާރަށް ،މުރައިދޫގެ އިތުރުން އުތީމްގަ އެވެ. މި ހަރަކާތުގެ ދަށުން މި ހަތަރު ރަށުގެ ގޮނޑު ދޮށާ ހޭޅިފަށް ވަނީ ސާފްކޮށްފައެވެ. އަދި ގިނަ ޢަދަދެއްގެ ފްލާސްޓިކު ފުޅި ދަޅުފަދަ ތަކެތި ވަނީ ހޮވާފަ.

ލެޓްސް ޑޫ މޯލްޑިވެސްއިން ބުނީ މި ހަރަކާތަށް ހއ އަތޮޅުން ބޮޑު ތަރުޙީބެއް ލިބިފައި ވާކަމަށް . މި ޙަރަކާތް ނިމުމުގެ ގޮތުން އުތީމުން އެކަނިވެސް ގޮނޑުދޮށާ ހޭޅިފަށް ސާފު ކުރުމަށް 500 އަށް ވުރެ ގިނަ މީހުން ބާވެރި ވެފައިވާކަމަށް.

މިހަރަކަތަކީ ވޯލް ކުލީނަޕްޑޭއާ ގުޅުވާގެން ކޮންމެ އަހަރަކުވެސް ލެޓްސް ޑޫ މޯލްޑިވެސްގެ ފަރާތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މިދިޔަ އަހަރު މި ހަރަކާށް ކުރިޔަށް ގެންގޮސްފައި ވަނީ އައްޑު އަތޮޅު ހިތަދޫގަ އެވެ. ބައިނަލް އަގުވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަހަކީ 21 ސެޕްޓެމްބަރު އެވެ. މިއަހަރުގެ ޝިއާރަކީ ”ހާނެސިން ދަ ޕަވަރ އޮފް ޕީޕަލް ޓް ފައިޓް އޯޝަން ޓްރޭޝް“ އެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ މިދުވަސް ރާއްޖޭގައި ފާހަގަކުރާ ތިންވަނަ އަހަރެވެ.