2018 ވަނަ އަހަރު ހުރިހާ އަފީފުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާ އާދަމް ހޮވިއްޖެ އެވެ.
މިދިޔަ އަހަރު އަފީފުއްދީން ސްކޫލުން ހާއްސަ ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި، ހާއްސަ މަގާމުތައް ހޯދި ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ އެވެ.
މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އާމިނަތު އިބާ ވަނީ ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ރާއްޖެއިން 4 ވަނަ އަދި ސާނަވީ ނިންމާ އިމްތިހާންތަކުން މުޅި ސްކޫލުން 1 ވަނަ ޙާޞިލްކޮށްފަ އެވެ. އޭނާ ވަނީ 5 މާއްދާއިން އޭ ސްޓަރ އަދި 3 މާއްދާއިން އޭ ފާސް ހޯދާފައެވެ. އޭ ސްޓަރ ހޯދި މާއްދާ ތަކުގެ ތެރޭގައި ޕްރިންސިޕަލް އޮފް އެކައުންޓްސް، އިނގިރޭސި، ހިސާބު، ބައޮލޮޖީ އަދި ފިޒިކްސް އެވެ. އޭ ރިޕޯޓް ހާޞިލް ކޮށްފައިވަނީ އިސްލާމްގެ އިތުރުން ދިވެހި އަދި ކެމިސްޓްރީ އެވެ
ސްކޫލުން ދެ ވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އިބްރާހިމް އަޙްމަދެވެ. މި ދަރިވަރު ވަނީ އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 8 ވަނަ ޙާޞިލްކޮށް، ސާނަވީ ނިންމާ އިމްތިޙާން ތަކުން މުޅި ރާއްޖެއިން 6 ވަނަ ޙާޞިލް ކޮށް ސާނަވީ ނިންމާ އިމްތިޙާން ތަކުން މުޅި ސްކޫލުން 2 ވަނަ ޙާޟިލް ކޮށްފަ އެވެ. މި ދަރިވަރު ވަނީ 3 އޭ ސްޓާރ އަދި 5 އޭ ހާޞިލްކޮށްފައެވެ. އޭ ސްޓަރ ހާސިލްކޮށްފައިވާ މާއްދާ ތަކަކީ ޕްރިންސިޕަލް އޮފް އެކައުންޓްސް، އިސްލާމް އަދި އިކޮނޮމިކްސްއެވެ. އޭ ފާސް ހޯދާފައިވަނީ ދިވެހި، ބިޒްނަސް ސްޓަޑީސް، ހިސާބުގެ އިތުރުން އިނގިރޭސި އަދި މެރިން ސައިންސް އެވެ.
ސްކޫލުގެ 3 ވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު އަކްބަރު އަލީ އެވެ. މި ދަރިވަރު ވަނީ ފަސް މާއްދާއިން އޭ އަދި 3 މާއްދާއިން ބީ ޙާޞިލްކޮށްފަ އެވެ.