ކުޅުދުއްފުށީ ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއްކަމަށްވާ "އޯނަމް" ބޭއްވި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ބަލަންފަށައިފި އެވެ.
ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި.“ އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ ޓީޗަރުން ތަކެއް އިސްނަގައިގެން އަމީރު އަމީރު ސްކޫލުގައި ބޭއްވި "އޯނަމް ފެސްޓިވަލް" ގެ ފޮޓޯތަކެއް ޝޯސަލް މީޑިއާގައި ދައުރު ވަމުން ދާއިރު މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށާފައިވަނީ އިއްޔެއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅެއް ގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅަކު މީސްމިޑިޔާގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިޙުތިފާލެއް ވަރަށް އަލިގަދަ، ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދީނާ ޚިލާފު އެފަދަ އެއްވެސް ކަމެއް ސްކޫލުގައި ހިންގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފު ކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މަސައްކަތްކުރާ އިންޑިޔާގެ ޓީޗަރުން ތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްގެ ހުއްދައާއެކު ކަމަށެވެ. ސްކޫލުން ހުއްދަ ދިނީ އިސްލާމް ދިނާ ފުށު އަރާގޮތަށް ޙަރަކާތްތަޢް ނުހިންގުމަށް އަންގައި މިފަަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށެވެ.
އެ ޙަފްލާ ބޭއްވުމުގައި އިސްކޮށް އުޅުނު ބައެއް ޓީޗަރުން ބުނީ މީގެ ކުރިންވެސް މިފަދަ ޙަފްލާ ބާއްވާފައިވާ ކަމަށާއި، ކުރިންވެސް އެގޮތަށް "ގެޓް ޓު ގެދާރ" ބާއްވާފައިވާކަމަށެވެ. އަދި އަމީރު އަމީން ސްކޫލުގައި ޙަފްލާ ކުރިއަށްދިޔައީ އެދުވަހު އެއްވެސް ސްކޫލެއްގެ ހޯލް ނުލިބުމުން ކަމަށާއި. މީގެ ކުރިން "ގެޓް ޓް ގެދަރ" ބާއްވަމުން ދިޔައީ ސަރުކާރު ސްކޫލްތަކުގެ ހޯލްގައި ކަމަށެވެ. .